ރަށްވެހި ދަނޑުވެރިކަން، ކޮމިއުނިޓީ އަރބަން ފާމިންގ މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފެށުމާއި ގުޅޭ

September 20, 2021

A farmer at the urban farming facility initiated by Huhumale Development Corporation today under SEEDs project. Photo: UNDP Maldives

 

ހުޅުމާލޭގައި ރަށްވެހި ދަނޑުވެރިކަން ނުވަތަ ކޮމިއުނިޓީ އަރބަން ފާމިންގ މަޝްރޫޢުގެ ދަށުން ދަނޑުވެރިކަންކުރަން ހުޅުވާލި ފުރުޞަތަށް ކުރިމަތިލެއްވި ފަރާތްތަކާއި ބިން ހަވާލުކޮށް މިއަދު ވަނީ ރަސްމީކޮށް މި މަޝްރޫޢު އިފްތިތާޙްކޮށްފައެވެ. މިގޮތުން އަރބަން ފާމިންގެ މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދުގައި ބޭއްވުނު ރަސްމިއްޔާތުގައި މި މަޝްރޫޢު އާއި ދަނޑުވެރިކަން ކުރުމަށް ކަނޑައަޅާފައި ސަރަޙައްދު ހުޅުވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަންއެވެ. މި ހަފުލާގައި މިނިސްޓަރގެ އިތުރުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއި އަދި ޔޫ.އެން.ޑީ.ޕީ ގެ ރެސިޑަންޓް ރިޕްރެސެންޓޭޓިވް ޓު ދަ މޯލްޑިވެސް ވޭރާ ހާކިމް ވަނީ ބައިވެރިވެވަޑައިގަންފައެވެ.

މި މަޝްރޫޢުގެ ދަށުން ތިން ގިންތިއަކަށް (އަންހެނުނަށް ޙާއްޞަ ކެޓަގަރީ، ޒުވާނުން / ނުކުޅުދުންތެރިކަމެއް ހުންނަ ފަރާތްތައް / އެހެނިހެން ކެޓަގަރީ) ބަހާލާއިގެން 3 ދަނޑުވެރިން އެކުލެވޭ ގްރޫޕްތަކުން 16 ގްރޫޕެއް ވަނީ ހޮވިފައެވެ. ހުޅުމާލެ ނެއިބާހުޑް 3 އިން ޖުމްލަ 19.877.26 އަކަފޫޓު 16 ޕްލޮޓަށް ބަހާލައިގެން ހުޅުވާލި މިފުރުޞަތަކީ ޖަޕާންގެ ހިލޭ އެހީގައި ޔޫ.އެން.ޑީ.ޕީ އާއި މި ކޯޕަރޭޝަނާއި ގުޅިގެން ހހިންގާ "ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަރމަންޓް ފޯ ޑިވެލޮޕްމަންޓް އޮފް އެމް.އެސް.އެމް.އީސް" (ސީޑްސް) މަޝްރޫޢުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ  "ކޮމިއުނިޓީ އަރބަން ފާމިންގ" މަޝްރޫޢެކެވެ.

މިމަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްމެ ބޮޑު މަޤުސަދަކީ ދަނޑުވެރިކަމުގެ ސިނާޔަތް ކުރިއަރުވާ ދަނޑުވެރިކަމަށް އަޙުލުވެރިކޮށް މި ދާއިރާއިން ގިނަ ބަޔަކު ބިނާކުރުމެވެ. މިގޮތުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ހޯދައިދިނުމަށް ގިނަ ޕާކުތަކާއި ހުސް ޖާގަތަށް ހެޔޮގޮތުގައި ބޭނުންކޮށް އަދި ކޮވިޑް19 ގެ ސަބަބުން މާލީގޮތުން އެއްމެ ބޮޑު ގެއްލުމެއް ލިބިފައިވާ ފަރާތްތަކަށް ދެމެހެއްޓެނެވި ގޮތެއްގައި އާމްދަނީ ލިބޭނެ ގޮތެއް ހޯދައިދިނުމަކީ ވެސް މި މަޝްރޫޢުގެ އެއްމެ މައިގަނޑު އެއް މަޤްޞަދެވެ.

އަރބަން ފާމިންގެ ގޮތުގައި ހުޅުމާލޭއިން ދޫކޮށްފައިވާ 16 ޕްލޮޓްގައި ފުރަތަމަ ތިންމަސް ދުވަހު އެއްވެސް ކުއްޔެއް ނުނަގައި އެކަށީގެންވާ އެލަވަންސްއެއް ދިނުމަށް ހަމަޖެހިފައިވާއިރު ޕްރޮގުރާމުގެ ބައިވެރިންނަށް ދަނޑުވެރިކަމާއި ގުޅޭގޮތުން ޢިތުރު މަޢުލޫމާތު ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީސް، މެރިންގ ރިސާރޗް އެންޑް އެގްރިކަލްޗަރ، ބީސީސީ އަދި އެގްރޯނެޓްގެ ފަރާތުން ވަނީ ތަމްރީން ޕްރޮގްރާމްއެއް ހިންގިފައެވެ.

މި މަޝްރޫޢުއަކީ އެޗް.ޑީ.ސީ އާއި ޔޫ.އެން.ޑީ.ޕީ އާއި ގުޅިގެން ހިންގުނު މިފަދަ ފުރަތަމަ ޕްރޮގްރާމްއެވެ. އަދި މި މަޝްރޫޢުއަށް ލިބުނު ހޫނު ތަރުހީބާއި އެކު މި މަޝްރޫޢު އިތުރަށް ފުޅާކޮށް މި ދަނޑު ބިންތަކުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އުފައްދާ ބާވަތްތައް ވިއްކާ އާމްދަނީ ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ޕްލާޒާ އެރިއާއެއް އަދި މިފަދަ ބިންތައް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

 

From the inauguration of the Urban Farming Facility in HDC under SEEDs project. Photo: HDC Maldives

Housing Development Corporation, as part of the Sustainable Economic Empowerment for Development of MSMEs (SEEDS) project, funded by Government of Japan and supported by the United Nations Development Programme (UNDP) in the Maldives, has launched a Community Urban Farming project, designed as an urban agriculture incubation programme for young and new generation farmers. 

The SEEDs project was formulated to respond to the initial findings of a rapid livelihoods assessment jointly conducted by the Government of Maldives and UNDP, to understand the impacts of COVID-19. The project aims to provide economic rehabilitation in order to mitigate the negative impacts of the COVID-19 crisis in the Maldives. It is focused on increasing agriculture production and promoting food security through an approach of building entrepreneurship amongst farmers and creating a new generation of agri-businesses that are innovative, productive and practices environment-friendly agriculture. The project will also provide technical support and capacity to the Government of Maldives to conduct support services for MSMEs to adapt to the “new normal”.

The prioritized objectives of the Community Urban Farming project undertaken by HDC also aligns with numerous strategies of the Government’s Strategic Action Plan (SAP), falling under Blue Economy for Small and Medium Enterprises and Agriculture sectors. 

This is the first project that HDC has successfully initiated with an international donor fund. The Community Urban Farming project is being undertaken with support from the residents of Hulhumalé '. HDC is currently working towards an extension of this project with a plaza area to display and sell farmers’ produce.

Speech by UNDP Resident Representative ad interim, Vera Hakim at the launch of the Community Urban Farming Project